ads
އަމީތާބް ބަޗަން--
އަމީތާބު ބަލިވެ އުޅޭތީ ފިލްމު އެވޯޑަށް ވެސް ނުދެވޭ
ބަލި ހާލަތު ހުރި ގޮތުން މިއަދު ނިއު ދިއްލީގައި އޮންނަ ނޭޝަނަލް ފިލްމް އެވޯޑްސް ހަފްލާއަށް ދެވެން ނެތް ކަމަށް އަމީތާބް ބަޗަން ބުނެފި އެވެ.
ބަލި ހާލަތު ހުރި ގޮތުން މިއަދު ނިއު ދިއްލީގައި އޮންނަ ނޭޝަނަލް ފިލްމް އެވޯޑްސް ހަފްލާއަށް ދެވެން ނެތް ކަމަށް އަމީތާބް ބަޗަން ބުނެފި އެވެ.

އަމީތާބު ކުރި ޓްވީޓެއްގައި ބުނީ އޭނާ އުޅެނީ ހުން އައިސްގެން ކަމަށާއި، ދަތުރު ކުރުން މަނާކޮށްފައިވާ ކަމަށެވެ. އެހެންވެ މިއަދު އޮންނަ އެވޯޑް ހަފްލާއަށް ނުދެވޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް އުމުރުން 77 އަހަރުގެ އަމީތާބުގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓު ކުރި އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައި ވަނީ "ޗެހްރޭ" ފިލްމުގަ އެވެ.

އެ ފިލްމުގެ ޝޫޓިން ސްލޮވޭކިއާގައި ނިންމުމަށް ފަހު މިދިޔަ މަހު އޮތް 50 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ ހަފްލާގައި ވެސް ބައިވެރިވި އެވެ.

މިދިޔަ އޮކްޓޯބަރު މަހު އަމީތާބު ބުނެފައި ވަނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ފަސް ކިލޯ ލުއިވެފައިވާ ކަމަށާއި، ސިއްހަތަށް ބަލައިގެން އުޅެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް