ads
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
ބޭންކް އެކައުންޓްތައް ހެކްކުރުމާއި ސްކޭމްތައް އިންތިހާހަށް އިތުރުވަނީ
މިދިޔަ އަހަރަށްވުރެ މިއަހަރު ސައިބާ ކްރައިމްގެ މައްސަލަތައް ދެގުނަ އިތުރުވެފައިވާކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

ސީޕީ ޝުޖާއު މިހެން ވިދާޅުވީ ފުލުހުން ފެށި ސައިބާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިދިޔަ އަހަރު ފުލުހުންނަށް ރިޕޯޓްްކުރީ ސައިބާ ކްރައިމްގެ 99 މައްސަލަކަމަށެވެ. އެހެންނަމަވެސް މި އަހަރުގެ މިހާތަނަށް 177 މައްސަލަ ހުށައަޅާފައިވާކަމަށާއި އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަކަމަށް ސީޕީ ވިދާޅުވިއެވެ. 

ކޮމިޝަނަރ ވިދާޅުވީ މިއަހަރު އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެކްކުރުމުގެ މައްސަލަތައް ކަމަށެވެ. މިގޮތުން އެންމެ ގިނައިން ރިޕޯޓް ކުރީ ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ހެކް ކުރުމުގެ މައްސަލަތައް ކަމަށެވެ. 

މީގެއިތުރުން ވަގި ލިޔުންތައް އުފެއްދުމާއި، އޮންލައިން ވިޔަފާރީގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖުތައް ހަދައި، މަކަރާ ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން ހިމެނޭކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސްކޭމްކޮށްގެން ފައިސާ ހޯދަމުންދާ މައްސަލަތައް ދުވަހަކަށްވުރެ ދުވެހެއް އިތުވަމުންދާކަމަށްވެސް ކޮމިޝަނަރު އޮފް ޕޮލިސް އަލިީ ޝުޖާއު ވިދާޅުވިއެވެ.

 

ސައިބަ ސެކިއުރިޓީއަށް އަހުލުވެރި ކުރުވުމުގެ ގޮތުން ފުލުހުން ފެށި "ސައިބަ އެކްސްޕޯ 2024" ކުރިޔަށް ދަނީ ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ. މާދަމާގެ ނިޔަލަސް ކުރިޔަށްދާ މި އެކްސްޕޯގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ކަމުގެ ފަންނީ މީހުން ބައިވެރިވެ މައުލޫމާތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް