އާސެނަލް ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި މޮނާކޯ އަތުން މޮޅުވީ ތިން ލަނޑު ސުން ލަނޑުންނެވެ. އާސެނަލުން ރޭ މޮނާކޯ ބަލިކުރި މެޗުގައި، ބުކާޔޯ ސަކާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ ކުޅުނު 6 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 18 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. މޮނާކޯ އަށް 6 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ 16 ވަނައިގަ އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގައި އާސެނަލް ދެން ކުޅެން ޖެހޭ ދެ މެޗުގައި އަންނަ ޖެނުއަރީ މަހު ނިކުންނާނީ ޑައިނަމޯ ޒަގްރެބް އާއި އިޓަލީގެ ޖިރޯނާ އާއި ދެކޮޅަށެވެ.