އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާކަމަށް ފާހަގަކޮށް ފުލުހުން ވަނީ ދުމުގެ އަސަރު ކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
މިއަދު ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓަރީ ހިންގަމުން ގެންދިޔަ ގްރީން ބިލްޑިންގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނު 7:15 ހާއިރުއެވެ. އަދި ހެންދުނު 9 ޖެހި ފަހުން އަލިފާން ކޮންޓްރޯލްވި ނަމަވެސް އިމާރާތް ވަނީ އެއްކޮށް އަނދާ ހަލާކުވެފައެވެ.
އިމާރާތުގައި އަލިފާން ހިފުމުގެ ސަބަބުން އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިވަގުތު އެ މިނިސްޓްރީތަކުގެ މަސައްކަތަތައް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ.