ކޮމިޝަނަށް ދެ މެމްބަރުން އައްޔަންކުރަނީ މިޝަންގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވާތީ އެވެ. އެ ދެ މެމްބަރުންގެ ދައުރު ހަމަވީ މިމަހުގެ 5 އަށެވެ.
އެ މަގާމުތަކަށް ހުޅުވާލުމުން 12 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ރައީސް އިސްކަން ދެއްވި ތަރުތީބުން މިއަދުވަނީ ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. ރައީސް މަޖިލިހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި އޮތީ މުހައްމަދު އަބްދުﷲ އާއި އިބްރާހީމް މުއާޒްގެ ނަމެވެ.
ބްރޯޑްކޮމަށް ކުރިމަތިލި ފަރާތްތައް
އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) / ހއ. އިހަވަންދޫ، ހުސްއަކުރުގެ
ޔާމީންގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ / ހަޒާރުމާގެ، ނ. ފޮއްދޫ
އިބްރާހިމް އަޝްރަފު / ވ. މަށިވެލި
ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ
އަބްދުﷲ ހުމައިދު / ފަޒާ، ޅ. ހިންނަވަރު
އައިޝަތު ދިޔާނާ ތޯހިރު / ސެވަންސްޓާ، ސ. ހިތަދޫ
އައިމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި
ޝިމްލާ އަމްހަދު / އާސްޓްރަލްގެ، ސި ހިތަދޫ
އިސްމާއިލް ޝަފީގް / މ.ސްލީޓް
ޝިފްޒާ މުސްތަފާ / މާދަޑު، އާސާން، ޏ ފުވައްމުލައް
އަލީ ނިޝާން / ގ ކޫލްގްރާސް
މުހައްމަދު ޝަމީމް / ހ ޕްރިޓީވިލާ
ބްރޯޑްކޮމް އަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިންނާއި ކުރީގައި މީޑިއާގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ.