
މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އެސްޓީއޯ ބޯޑު މެންބަރުންނާ ބައްދަލުކުރި ކޮމިޓީ ސިއްރުކޮށްފި
ގުފްތަގް އަޖީރު
12 ޑިސެމްބަރ 2024 - 14:13:00
އެފްއެސްއެމްގެ ތެލުގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސްޓީއޯގެ ބޯޑު މެންބަރުންނާ ބައްދަލުކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.
ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އަދި އެ ހުށަހެޅުން ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
އެފްއެސްއެމްގެ މައްސަލަ ބެލުމަށް އެސްޓީއޯގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ހުށަހެޅުމަކަށް ފަހު އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވެފައިވަނީ މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާ ސުވާލުކޮށް، ދެ ގެއާއި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތައް ވެސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް