ފުލުހުން ބުނީ ހިޔާގެ ފަސް ވަނަ ޓަވަރުން ކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ދަންވަރު 1:26 ލިބިފައިވާކަމަށެވެ.
ވެއްޓިފއިވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ވެއްޓުނީ ޓަވަރުގެ 13 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި މި ކުއްޖާއަކީ ގްރޭޑް 10 އެއްގައި ކިޔަވަމުން އަންނަ ދަރިވަރަކެވެ. މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.