ދައުލަތުގެ މީދިއާ މެދުވެރިކުރައްވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ދާދިފަހުން ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގެ ތެރެއިން ރައްޔިތުން އިތުރަށް ބާރުވެރިވެފައިވާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރާއި ދެވަނަ ސަރުކާރުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަންކަމުގައި ރުހުން ނުހޯދައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރަމުން އަންނަނީ ގާނޫނު އަސާސީގެ ބާރު ދެމެހެއްޓުމަށާއި، ގެއްލިފައިވާ ގަދަރާއި އިހުތިރާމް ހޯދުމަށް ކަމަށެވެ.