ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ މއ. ނަހީދީ މަންޒިލް އުމުރުން 31 އަހަރުގެ މިސްބާރު ޝަރީފުކަަމަށެވެ. ކޯޓް އަމުރެއްގެ ދަށުން މީނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ.
މިސްބާރު ޝަރީފު އަކީ ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކްރެޓަރީ އެވެ.
މިދިޔަ ބުދަދަުވުގެ ރޭ ހުޅުމާލެ ނިރޮޅުމަގު ބަންދުކޮށްގެން މުޒާހަރާކުރި މައްސަލައިގައި 3 ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް 20 ޓެކްސީ ފުލުހުން ޓޯ ކުރިއެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ޝަރުތުތަކާއި އެކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުންގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ. އެ ދެމީހުން ވަނީ އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ