ads
ރައީސް ޑރ. މުއިއްޒު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
2025 ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ދާނަން، 2027ގައި އަނެއްކާވެސް ދާނަން: ރައީސް
އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެކަަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިއެ އަތޮޅު މަހިބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކައުންސިިލްތަކާއި ބައްދަލުކުރައްވަން ފެއްޓެވި ދަތުރުފުުތަކުން މިހާރު ބައްދަލުނުވެވި އޮތީ އެންމެ ހަތަރު ކައުންސިލާ ކަމަށެވެ. އެ ކައުންސިލްތަކާއި ބައްދަލުކުރުމަށްފަހު މުޅި ރާއްޖޭގައި ނުދެވި ހުރި ރަށްްތަކަށްް އަންނަ އަހަރު ބަހާލައިގެން އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އަޅުގަނޑު ދެން ކުރަން ނިންމާފައި އޮތީ، އަޅުގަނޑު ނުދާ ހުރިހާ ރަށަކަށް ދިޔުމުގެ ދަތުރުތައް، އެހެންވީމަ އެ ދަތުރުތައްވެސް ފަށާނަން. އެހެންވީމަ މި ދާއިރާގައި ދެން ހުރި ރަށްތަކަށް ވެސް މި އަތޮޅުގައި ވެސް އަޅުގަނޑަށް ނުދެވި ހުރި ރަށްތަކަށް އަދި މުޅި ރާއްޖޭގައި ވެސް ނުދެވޭ ރަށްތަކަށް މިއަންނަ އަހަރު ތެރޭ ބަހާލައިގެން މިއަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކަށް އަޅުގަނޑު ދާނަން،" ރައީސް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދައުރުގެ ތެރޭގައި ޒިޔާރަތް ކުރައްވާނެކަމަށް ވީ އެމަނިކުފާނުގެ ވައުދު ފުޅާ އެއްގޮތަށް އެ ދަތުރުތައް 2027 ގައި ފައްޓަވާނެކަންވެސް ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިއުލާންކުރައްވާފައެވެ. 

" ދެވަނަ ރައުންޑަކަށް ވެސް މެދަށް އެއް އަހަރު ދޫކޮށްލާފައި އިރާދަކުރެއްވިއްޔާ 2027 ގެ ތެރޭގައި އަޅުގަނޑު ހުރިހާ ރަށަކަށް އަނެއްކާ ވެސް ދެވަނަ ބުރެއް އެޅުން އަޅުގަނޑުގެ ޕްލޭންއަކީ. އަޅުގަނޑު ވައުދުވެފައި ވެސް އޮތް ގޮތް. ދައުރު ތެރޭގައި ދެ ފަހަރު ކޮންމެ ރަށަކަށް ދާނަމޭ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި އިއްޔެ ނިޔަލަށް 185 ކައުންސިލަކާ ބައްދަލުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް