ads
ސިޓީ ކައުންސިލްގެ ލިޔުންތައް ހިއްކަން އަވީލާފައި
މާލޭ މީހުންގެ ސަލާމަތްވި ލިޔުންތައް ހިއްކަން އަވީގައި
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލުން ސަލާމަތްވި ލިޔުންތައް ހިއްކަން އަވީލާން ފަށައިފިއެވެ.
Advertisement

ހައުސިން މިނިސްޓްރީއާ އިންފްރާސްރަކްޗަރު މިނިސްޓްރީ ހިންގަމުން އަންނަ އިމާރަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެތަނާއި އިންވެގެން ހރި އެންވަރަމެންޓް މިނިސްޓްރީއާއި މާލޭ ސިޓި ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ހިންގަމުންއައި އިމާރާތަށްވެސް ވަނީ ގެއްލުން ލިބިފައެވެ. 

އަލިފާނުގައި ގެއްލުންވި ކައުންސިލްގެ އިމާރާތަކީ މާލޭ ރައްޔިތުންގެ އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ބަހައްޓާފައި ހުންނަ ތަނެނެވެ. އަލިފާނުގެ ހާދިސާގައި އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތްކުރެވުނެއެވެ. 

your imageއަލިފާނުގެ ހާދިސާގައި ސަލާމަތްކުރެވުނު ލިޔެކިޔުންތައް  

ސިޓީ ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާގައި ސަލާމަތް ކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި، އަލުން ގުދަން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ތެމިފައި ހުރި ލިޔެކިޔުންތައް، ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ކައުންސިލުން ބުނެއެވެ. 

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 4.5 މިލިއަން ރުފިޔާގެ ބަޖެޓް މާލޭ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. 

your imageއަލިފާނުގެ ހާދިސާގައި ސަލާމަތްކުރެވުނު ލިޔުންތައް ކައުންސިލްގެ މުވައްޒަފުން ބަލާ ޗެކްކުރަނީ 

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ މުއްތަލިބް އިއްޔެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުވި ސިޓީ ކައުންސިލްގެ ހިދުމަތްތައއް ދިނުމަށް ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

އެތަނަކީ އެ ކައުންސިލުން އަޅަމުންދާ ތަނެއްކަމަށާއި އެތަން އަވަހަށް ނިންމުމަށް ސަރުކާރުން އެހީވަމުން އަންނަކަން މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވިއެވެ. އަދި އެތަނުގެ މަސައްކަތް އަވަސްކުރުމަށް ޕަބްލިކް ވާކްސްގެ މުވައްޒަފުން ބޭނުންކުރަމުން އަންނަކަމަށްވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް