ads
އޭޓީއެމްއެއް---ފޮޓޯ:ބީއެމްއެލް
ބީއެމްއެލް އިން ގދ. މާމެންދޫ އަދި ނިލަންދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މި ފެށި އޭޓީއެމް ހިދުމަތާއެކު މިވަގުތު ގއ. އަތޮޅު  ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުން ދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ގއ. އަތޮޅުގެ ހަ ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާ އިރު އެ ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހަމައެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ހިދުމަތް ދެމުންނެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ވަގުތު މި ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާ އާ ގުޅިގެން ބޭންކަށާއި އިގްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. 

އެ ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ޓިމް ސޯޔާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅުކަމަށްވާ ހުވަދު އަތޮޅުގެ އިތުރު ދެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރެވޭކަމީ ލިބޭ އުފަލެއް ކަމަށް ޓިމް ސޯޔާ ވިދާޅުވިއެވެ.

ޓިމް ސޯޔާ ވިދާޅުވީ ދެރަށުގެވެސް އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމަށް އެ އޭޓީއެމް ސެންޓަރުތަކުގެ ސަބަބުން އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ އިލްތިމާސަކީ ބޭންކިން ހިދުމަތް ހޯއްދެވުމަށް އިންޓާނެޓް އަދި މޮބައިލް ބޭންކިން ބޭނުންކުރެއްވުމެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ހިދުމަތްތައް ބޭނުންކުރެއްވުމެވެ. 

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް