މިގޮތުން 2024 ވަނަ އަހަރުގެ ބޮޑު ހިޓް ކަމުގައިވާ "ސްޓްރީ 2" ގެ ފަހުން، އޭނާގެ ދެން އަންނާނެ ޕްރޮޖެކްޓަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރުތަކުގައި ބުނާ ގޮތުން، ޝްރައްދާގެ އައު ފިލްމް މި މަހުގެ ތެރޭގައި އިއުލާނު ކުރެވޭނެއެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި މިއީ "ކްރިޝް 4" ކަމަށް ވެދާނެއެވެ. އަނެއްބައި މީހުން ބުނާ ގޮތުގައި މިއީ އެކްޓާ ކަޕޫރުގެ "ނާގިން" ޕްރޮޖެކްޓް ކަމަށްވެސް ވެދާނެއެވެ.
އެހެންނަމަވެސް، "ސްޓްރީ" ސީރީޒްގެ ތިންވަނަ ބައި ކުރިއަށްދާނެކަން ޔަގީންވެފައިވާއިރު، މި ސީރީޒްގެ ދެ ވަނަ ބައިގެ ކާމިޔާބީއާއެކު ޝްރައްދާގެ ކެރިއަރު އިތުރަށް ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އޭނާގެ އައު ޕްރޮޖެކްޓާ ބެހޭ ގޮތުން އިތުރު މައުލޫމާތު މި މަހުގެ ތެރޭގައި ލިބޭނެއެވެ.