ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ފަށަން އުޅޭ ޓެކްސީ ލައިނާ ދެކޮޅަށް ބޭއްވީ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ. އަދި އިހުތިޖާޖު ނިމުމަށްފަހު ފުލުހުން އަމަލުކުރި ގޮތުން ހައިވޭ ސަރަހައްދުގައި ޓްރެފިކް ބޮޑުވެގެން ދިޔަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އިހުތިޖާޖުގައި ބައިވެރިވި އަދި ބައިވެރިނުވާ ގިނަ އަދަދެއްގެ ޓެކްސީތައް ފުލުހުން ޓޯކުރުމުގެ ސަބަބުން ޑްރައިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ. މި އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ 22 ޓެކްސީ ޓޯކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރި ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށެވެ.