މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަސީހް ވިދާޅުވީ ބޭރުން ގެންނަ ބިދޭސީ މީހާ ދިވެހި މީހާގެ ނަމުގައި ގެނެއުމަށް ފަހު އޭނާ ބޭނުން މަސައްކަތެއް ކުރަން ދޫކޮށްލުމަށް ފަހު ދިވެހި މީހާ މި ބަދަލުވަނީ އެ ބިދޭސީ މީހާގެ އެމްޕްލޯއީ އަކަށް ކަމަށެވެ.
ފަސީހު އިތުރަށް ވިދާޅުވި ގޮތުގައި ބިދޭސީން ކަމެއްގައި ހައްޔަރުކޮށްފި ނަމަ 6-7 ވަކީލުން އެމީހުން ސަލާމަތްކުރަން ހިލޭ ސާބަހަށް އައުމަކީ އެ ބިދޭސީންގެ ބާރު ފެނިގެންދާ ކަމެއް ކަމުގައި އެވެ.
އެ ޖަރީމާ ހިންގާ މީހުން ހޯދުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ހާއްސަ ތަހުގީގެއް ހިންގައި ދިވެހިންނާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް ފަސީހު ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ ރާއްޖޭގައި ބޭރު މީހުންނާ އެކު ވިޔަފާރިި ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށާއި އެ ސިސްޓަމްގެ ތެރެއިން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެވެ. ބިދޭސީ ކުރާ ވިޔަފާރި ތަކުން ސަރުކާރަށް ލާރި ނުދައްކާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ފަސީހު ވިދާޅުވީ ބައެއް ތަންތަން ވިޔަފާރި ރަޖިސްޓަރީ ނުކޮށް ވެސް ހުންނަ ކަމުގަ އެވެ.