މެރިކަލްޗާ ތަރައްގީ ކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ދައުވަތު
ގުފްތަގް އަޖީރު
17 ޑިސެމްބަރ 2024 - 15:56:46
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
މިކަން އިއުލާން ކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ގެ ޗެއަމަން ލުއާ ޖައުހުއީ އާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެކުއަކަލްޗާ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ދާއިރާގައި ގިނަ ފުރުސަތުތަކެއް ރާއްޖެއަށް އެބަހުރި ކަމަށެވެ. އަދި ވިޔަފާރި އުސޫލުން އެކުއަކަލްޗަރ ތަރައްގީކުރުމަށް ހަތަރު ސަރަހައްދެއް ވަނީ ކަނޑައަޅާފައި ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާ އާއި، ކެޕޭސިޓީ ބިލްޑިން އާއި، ޓްރެއިނިން ގައި ވެސް އެހީތެރިކަން ބޭނުންވާ ކަމަށެވެ.
- އެކުއަކަލްޗަރާ ތަރައްގީކުރުމަށް ވެސް ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވޭ
- ޓެކްނޮލޮޖީ ޓްރާންސްފަރާ އާއި، ކެޕޭސިޓީ ބިލްޑިނގ އާއި، ޓްރެއިނިން ގެ އެހީތެރިކަން ބޭނުންވޭ
- މިކަން އިއުލާން ކުރީ ސީ.އައި.ޑީ.ސީ.އޭ ގެ ޗެއަމަންއާ ބައްދަލުކުރުމަށް ފަހު
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް