ads
ދިވެހި ފިލްމީ ތަރި ނުޒުހަތު- ފޮޓޯ/ މުނިއަަވަސް
ނުޒޫ ވެސް އެދެނީ އެންމެން ގޭގައި މަޑު ކުރުމަށް!
ގޭގައި މަޑުކޮށް ގައިދުރުކަން ބެހެއްޓުމަށް ފިލްމީ ތަރި ނުޒުހަތު ޝުއެއިބު އެދިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވައިރަހުން ރައްކާތެރިވުމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ޑާކްރެއިން އެންޓައިޓްމެންޓުން ކުރިއަށް ގެންދާ "ސްޓޭ ހޯމް ސްޓޭ ސޭފް" ޝިއާރުގެ ދަށުން އެ ކުންފުނިން އާންމުކުރި ވީޑއޯގައި ނުޒޫ ބުނީ މި ދަނޑިވަޅަކީ އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

އެގޮތުން ހާސްވެ ކަންބޮޑުވުން ދޫކޮށްލާ ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުންދޭ އިރުޝާދަށް ތަބާވާން ޖެހޭ ކަމަށާއި އަދި ގޭގައި ތިބޭއިރު ވެސް ސާފުތާހިރުވެ ގައިދުރުކަން އިހުތިޔާރު ކުރަން ޖެހޭ ކަމަށް ނުޒޫ ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ ބުނީ މި ދަނޑިވަޅުގައި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމާއެކު ބަލި ފެތުރުން ކުޑަކުރަމަކީ ކޮންމެ މީހެއްގެ ވެސް ގައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެންމެ މީހެއްގެ އިހުމާލެއްގެ ސަބަބުން އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ނުޒޫ ބުނެފައިވެ އެވެ. އެހެންކަމުން ނުޒޫ އެދެނީ އެންމެން ވެސް ގޭގައި މަޑު ކުރުމަށެވެ.

ނުޒޫއަކީ ވަރަށް ފަހުން ފިލްމީ ދާއިރާއާ ގުޅުނު ތަރިއަކަށް ވިޔަސް އޭނާ އަންނަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ. ނުޒޫއަކީ ނެށުމުގެ ހުނަރާ އެއްވަރަށް އެކްޓުކުރުމުގެ ސަބަބުން ގިނަ ޒުވާން ފިރެހެނުންގެ ހިތް ކަތިލަމުންދާ ކުޅާދާނަ ތަރިއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް