ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ ހިންގާ ގަވާއިދުގެ 56 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެމަތިން ކްރިކެޓް ބޯޑުގެ 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމަށްޓަކައި ޖަލްސާ އޮންނާނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހަވީރު، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ލައުންޖްގައެވެ.
އަންނަ އަހަރުގެ ބަޖެޓް އަންނަ ހަފްތާގައި ފާސްކުރާއިރު، މި އަހަރު ކްރިކެޓަށް ފާސްކުރީ 6,083,440.00 (ހަ މިލިޔަން އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ސާޅީސް) ރުފިޔާގެ ބަޖެޓެކެވެ.