 
                                                                                                
                    އުމުރުން 17 އަހަރުގެ ޔަމާލްއަށް އަނިޔާވީ، އެންމެ ފަހުން ކުޅުނު މެޗުގައެވެ. ބެލެވޭ ގޮތުގައި މި ފަހަރު ލިބުނު އަނިޔާއިން ރަނގަޅުވެ ދެން އެނބުރި ޔަމާލްއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ އަހަރެއްހާ ދުވަސް ފަހުންނެވެ.
މި އަހަރުގެ ޔޫރޯ، ސްޕެއިންއަށް ކާމިޔާބުކޮށްދިނުމުގައި މޮޅު ކުޅުމެއް ކުޅުނު ޒުވާން ފޯވާޑަށް މި ފަހުން އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. މި ސީޒަނުގައި މިހާތަނަށް ޔަމާލް ވަނީ ބާސެލޯނާ އަށް 21 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި ޔަމާލް ވަނީ އެ ޓީމަށް ހަ ގޯލު ޖަހައިދީފަ އެވެ.