އޯގަސްޓު 24 ގައި އެ މަގާމަށް އައްޔަންކުރެވުނު ސަޢީދު، އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ސިޓީ ހުށަހެޅުއްވި އެވެ. ސިޓީގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޕީއެސްއެމްގެ މަގާމުގައި ހުންނެވި ހަތަރު މަސްދުވަހުގެ ތެރޭގައި ސަޢީދު ވަނީ އެ ކުންފުނީގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ސައީދަކީ 1989 އިން ފެށިގެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަމަނަންޓް ސެކްރެޓަރީ އަދި ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވެއެވެ. އަދި އާސަންދަ ކުންފުނީގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;