އެމްއެމްއޭގެ ނޮވެމްބަރު މަހުގެ މަންތްލީ ރިޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޝެޑިއުލް ފްލައިޓްތަކުގެ ގޮތުގައި 12،565 ފްލައިޓް ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 590 ފްލައިޓްގެ އިތުރުވުމެކެވެ.
ޝެޑިއުލް ފްލައިޓްތަކުގެ އިތުރުން ޖެނެރަލް ފްލައިޓްސްގެ ގޮތުގައި 1،106 ފްލައިޓް ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 63 ފްލައިޓްގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ޗާޓަރ އަދި ޕްރައިވެޓް ޖެޓްތައް ހިމެނެއެވެ.
ފްލައިޓްތަކުގެ އަދަދު އިތުރުވުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިހާތަނަށް 1.9 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު 2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.