މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ރައުންޑް ޓޭބަލް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓަރ ޕްލޭން ނިންމާލެވޭނެ ކަމަށާއި، މުޅި ރާއްޖޭގައި ސިޒޭޝަން ކްލިނިކްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކްލިނިކްތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށް ސަރުކާރުން މިހާރު ވަނީ ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ވޭޕްގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފަ އެވެ.