އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާޓީ އުވާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޕީއެމްގެ ސެނެޓުން ޕާޓީ އުވާލަން ނިންމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މި މުއްދަތުގައި ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާކަމަށެވެ.
ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއް އޮތްނަމަ، އުވާލުމުގެ މަރުހަލާ ނިމުމުގެ ކުރިން އެކަމެއް ނިންމުމަށް އެދިފައިވެ އެވެ.
ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާގެ (ނ) ގެ ދަށުން ޕާޓީ އުވާލުމަށް ސެނެޓުން ނިންމާފައިވަނީ އިއްޔެ އެވެ.