ads
މަގާމުގެ ބާރު ޒާތީ މަންފާއަށް ބޭނުންކުރަން ސަރުކާރުން ފުރުސަތު ދޭ: ޑިމޮކްރެޓްސް
މަގާމުގެ ބާރާއި އިހުތިޔާރުތައް އަމިއްލަ ޒާތީ އަދި ސިޔާސީ މަންފާއަށް ބޭނުންކުރުމުގައި ދެމިތިބޭން މި ސަރުކާރުން ފުރުސަތު ދެމުންދާކަމަށް ދަ ޑިމޮކްރެޓްްސް އިން ބުނެފިއެވެ.
Advertisement

އެ ޕާޓީން މިހުނެ  ބުނީ ސައްހަނޫން ލިޔެކިޔުން އުފައްދާ ހުށަހަޅައިގެން، ބިންވެރިޔާ ސްކީމުގެ ތެރެއިން ހުޅުމާލޭގެ ބިމުން ވަގަށް ގޯތި ކަނޑާ، ދޫކޮށްފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގު ހިންގުމަށް ގޮވާލާ ނެރުނު ނޫސް ބަޔާނެއްގައެވެ.

ގޯތީގެ ސައްހަ ނޫން ލިޔުން ތައްޔާރުކޮށްގެން އިންފާރު ރާނަން އެދުނު ހިސާބުންވެސް މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ހަވާލުކޮށްފައިވާ ގޯތި ނޫންކަން އެޗްޑީސީއަށް ސާފުވާކަން އާންމުވެފައިވާ ލިޔެކިޔުމުން އެނގޭކަމަށް ދަ ޑިމޮކްރެޓްސްގެ ނޫސް ބަޔާނުގައިވެއެވެ.  އެހެން ނަމަވެސް އިންފާރު ރާނަން އެޗްޑީސީއިން ހުއްދަދީ، ވަގު ގޯތީގެ އިންފާރު ރާނާފައިވަނީ އެޗްޑީސީގެ އެނގުމާއި ފެނުމުގެ ތެރެއިންކަން ސާފުކޮށް އެނގޭކަމަށާއި މިބޮޑު ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅައި ތަހުގީގު ކުރުމަށް އެދުމުގެ ބަދަލުގައި އެ ކުންފުނިން އެ މައްސަލަ ސިއްރުކުރި ކަމީ މިއަދު ޖިނާއީ ތަހުގީގު ހިންގާންޖެހޭ ކަމެއްކަމަށްވެސް ޑިމޮކްރެޓްސްގެ ނޫސް ބަޔާނުގައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ މި މައްސަލާގައި ޝާމިލުވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން އައްޔަނު ކުރައްވާފައިވާ މަގާމެއްގައި ހުންނެވި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ކަމުގައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މަގާމުގެ ބާރާއި އިހުތިޔާރުތައް އަމިއްލަ ޒާތީ އަދި ސިޔާސީ މަންފާއަށް ބޭނުންކުރުމުގައި ދެމިތިބޭން މި ސަރުކާރުން ފުރުސަތު ދެމުންދާކަމަށް ދަ ޑިމޮކްރެޓްްސް އިން ބުނެއެވެ. 

" ސަރުކާރުގެ މިބާވަތުގެ ބާރުގަދަ ސިޔާސީންނާމެދު ކެނޑިނޭޅި ތުހުމަތު އުފުލެމުންދާ މައްސަލަތަކުގައި އެދެވޭ ތަހުގީގެއް ނުހިންގި، ފިޔަވަޅެއް ނޭޅި، މަގާމުގެ ބާރާއި އިހުތިޔާރުތައް އަމިއްލަ ޒާތީ އަދި ސިޔާސީ މަންފާއަށް ބޭނުންކުރުމުގައި ދެމިތިބޭން މި ސަރުކާރުން ފުރުސަތު ދެމުންދާކަން މިދަނޑިވަޅު ފާހަގަކުރަން." ޑިމޮކްރެޓްސްގެ ނޫސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ ސަރުކާރުގެ ޒިންމާދާރު އިސް މަގާމުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްފައިވާ ބޭބޭފުޅުންނާމެދު ތަކުރާރުކޮށް އާންމުކޮށް އިވި ފެންނަމުން މިދާ ކަންކަމުން ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަކީ މިސަރުކާރުގެ ހިންގުމުގެ ވައްޓަފާޅިކަން މާބޮޑަށް ސާފުވަމުން އަންނަކަމަށެވެ.

‎ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ހަމައިން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވެ، ލަސްކުރަމުންދަނީ މިބާވަތުގެ ކޮރަޕްޝަންގެ ޖަރީމާތަކަށް ކަންފަހިކުރާންކަމަށް ވެސް ޑިމޮކްރެޓްސްގެ ނޫސް ބަޔާނުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް