ads
އެޗްޑީސީ
އެޗްޑީސީގެ މާލީ މުއާމަލާތްތައް ހުއްޓާލަން އަންގައިފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓާލަން އެ ކުންފުނީގެ އޮޑިޓަރު އަންގައިފ އެވެ.
Advertisement

އެކޯޕަރޭޝަންގެ ޗީފް އިންޓާނަލް އޮޑިޓަރު ނެރުނު އިންޓާނަލް މެމޯއެއްގައި ވަނީ  އެ ކޯޕަރޭޝަނުން ހިންގާ މާލީ ގިނަ މުއާމަލާތްތަކެއް ވަގުތީ ގޮތުން ހުއްޓާލަން އަންގައިފައެވެ.

އެގޮތުން "ބިންވެރިޔާ ސްކީމް"އާ ގުޅޭ ހުރިހާ މުއާމަލާތްތަކާއި ބިމާއި ކޮމާޝަލް އަދި ރެސިޑެންސް ޔުނިޓްތައް ދޫކުރުމާއި ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރަން ވަނީ އަންގާފައެވެ. އިމަޖެންސީ ހާލަތެއްގައި މެނުވީ އެއްވެސް ޕްރޮކިއުމެންޓް މުއާމަލާތެއް ނުހިންގުމަށްވެސް ވަނީ އަންގާފައެއެވެ. 

މީގެ އިތުރުން ފައިސާ ދެއްކުމުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ކުންފުނިން އެއްވެސް މުވައްޒަފަކު ވަކިކުރުމާއި އަލަށް ކުންފުނީގެ މަގާމުތަކަށް މީހުން ނެގުންވެސް ހުއްޓާލަން ވަނީ އަންގާފައެވެ. 

މި އެންގުން އަންގާފައި މިވަނީ ހުޅުމާލޭ ބިން ނުލިބޭ ބަޔަލަށް އޮޅުވާލައިގެން ބިންތަކެއް ދިން މައްސަލަ ފެންމަތިވެ އެކަމުގެ ޖިނާއީ ތަހުގީގެއް ފުލުހުން ފެށުމުންނެވެ. 

މި މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓްރަ އިބްރާހިމް ފަޒުލް ރަޝީދު ހިމެނޭ ގޮތަށް އެ ކުންފުނީގެ ޗެއާމަން ފިޔަވާ ބޯޑުގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ނުހައްގުން ގޯތި ލިބުނުކަމަށް ބުނާ ފަޒުލްގެ ބޭބެވެސް ފަޒީލްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާ ހުރީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް