ހުޅުމާލއިން ވަގު ލިޔެކިޔުންތަކަކަށް ބިން ދޫކުރިކަމަޑް ތުހުމަތުކުރެވޭނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދަށެވެ.
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފައެވެ. އެހެންނަމަވެސް އޭނާއަށް ގޯތި ލިބުނުކަމަށް ކަނޑައަޅާ އޭނާ އަށް ލިބުނުކަމަށް ބުނާ ބިމުައި މިހާރު ވަނީ ވަށާފާރުވެސް ރާނާފައެވެ.
މި މައްސަލގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފައެވެ. ފުލުހުން ބުނީ މި ތަހުގީގުގައި ބަލަމުން އަންނަނީ ވަގު ލިޔެކިޔުންތަކެެއް ތުހުމަތުކުރެވޭ މައްސަލައެއްކަމަށެވެ. އަދި މީ ފުލުހުން އަމިއްލައަށް އިސްނަގައިގެން ބަލާ މައްސަލައެއް ކަމަށްވެސް ފުލުހުން ބުނެއެވެ
އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ.
މި މައްސަލާގައި ފަޒީލު އެމްޑަބްލިޔުއެސްސީގެ މަގާމުން ސަސްޕެންޑްކުރި އިރު އޭނާގެ ކޮއްކޮ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދުވެސް މިއަދު ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ.
މައްސަލާފަައި އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑް ކުރިއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމުގައި އެޗްޑީސީގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭވަނީ ވިދާޅުވެފައެވެ. އަދި ބޭބެއަށް ގޯތި ލިބުމަކީ އިއްތިފާގެއްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.