ads
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހް-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ހުޅުމާލޭގެ ބިންތަކުގެ ދެފުށްފެންނަ އޮޑިޓެއް ކުރަން ގޮވާލަން: ޑިމޮކްރެޓްސް
މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުމާއެކު ހުޅުމާލޭގެ ބިންތަކުގެ ދެފުށްފެންނަ، މިނިވަން އޮޑިޓެއް ކުރަން ޑިމޮކްރެޓްސް ގެ ކައުންސިލް މެމްބަރު އަދި މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރަށް ކަނޑައަޅުއްވާފައި ހުންނަ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ގޮވާލައިފިއެވެ.
Advertisement

މިއަދު ޑިމޮކްރެޓްސް އިން ބޭއްްވި ނޫސްވެރިންގެ  ބައްދަލުވުމުގައި ސައިފް ވިދާޅުވީ ކޮރަޕްޝަންގެ ވަގު ގޯތީގެ މަންޒަރުތަކާއި  އަޑުތަކެއް އިވެންފެށާފައިވާކަމަށެވެ. އެހެންކަަމަށްވުމާއެކު ހުޅުމާލޭ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުން ލަސްވަމުން ދަނީ ކޮރަޕްޝަންގެ  ބާވަތުގެ އަމަލުތަކަށް ކަންފަހިކުރުމަށް ކަންް ދެންނެވިދާނެކަމަށްވެސް ސައިފް ވިދާޅުވިއެވެ. 

ކަންބޮޑުވުން ފާޅުކޮށް ސައިފް އިތުރަށް ވަނީ ޑިމޮކރެޓިކް ކޮންޓްރޯލް ނެތި ރައްޔިތުންގެ މުހިއްމު ބިންތަކެއް، އެތައް މިލިއަން ރުފިޔާއެއް ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހިއްކާފައި ހުރި ބިންތަކެއް ބަހަމުން ދާއިރު އެޗްޑީސީއާ ހުޅުމާލޭ ހަވާލުކޮށްފައި އޮންނާތީ އެކަމާމެދު އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުގެ ޕާޓީގެ ފަރާތުން ވަރަށް ބޮަޑަށް ސަރުކާރަށް ގޮވާލަން އަމަލާ ބަހާ ދިމާކުރައްވާށޭ ، ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވަރަށް ބާރުލާ ވިދާޅުވި ހުޅުމާލޭ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރައްވާނެކަަމަށް ، އެހެންނަމަވެސް އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް އަަމަލީ ސިފައެއް ފެންނަތަނެއް ނުފެނޭ" ސައިފް ވިދާޅުވިއެވެ.

މީގެއިތުރުން  އެޗްޑީސީގެ ބޯޑާ އެމްޑީ ސަސްޕެންޑް ކުރައްވާ ފައިވާ ވާހަކައާއި، ޕީޖީ ގެ ފަރާތުންވެސް އެކަން ތަހުގީގުކުރަން އަމުރުކުރައްވާފައިވާ ވާހަަކަ އާއި، ފުލުހުން އެތަނަށް ވަތް ވާހަކަ ބޭނުން ކޮށްގެން ގޯތިތައް ދިނުން ލަސްކޮށްގެން ނުވާނެކަަމށްވެސް ސައިފު ވިދާޅުވިއެވެ.

"ދެންވެސް މިކަންކަން މެދުވެރިކޮށް ، ސަަބަބު ދައްކާގެން ގޯތިތަށް އަދި ފްލެޓްތައް ހަވާލުކުރުން ލަސްކުރައްވާގެން ނުވާނެ ، ހައްތަހާވެސް ފެންނަނީ ފަހަތުފަޔަށް ހުރިހާކަމެއް ބުރަވެގެން ދާތަން. އަޅުގަނޑުމެން ޕާޓީގެ ފަރާތުން ގޮވާލަން އެނގޭތޯ ހުޅުމާލެއަކީ ވަރށް ބޮޑުކޮށް އޮތް ބިމެއް ،އެތައް ބައިވަރު ފޭސްއަކަށް މިއޮތީ ބެހިފައި، އެތައް ބޭނުންތަކަކަށް ބިންތައް ބަހާ ހަދާފައި ހުރިތަނެއް. މިހެން 1 ގޯތި ދީފައި 2 ގޯތި ދީފައި އޮތް ކަަމަށް ވަނީވިއްޔާ ، އެބަ ބަަލަން ޖެހޭ ހުޅުމާލޭގެ ބިމަށް ، ދެން ހުރި ސަރަހައްދުތަަކަށް ހަދާފައި ހުރިގޮތެއް" ސައިފް ވިދާޅުވިއެވެ.

 އެހެންކަމަށްވުމާއެކު ހުޅުމާލޭގެ ބިމުގެ މިނިވަަން އޮޑިޓެއް ހިންގަން ޖެހޭ ކަމަށާއި އެކަން ވާނީ، ޑިމޮކްރެޓުން ގަބޫލު ކުރާގޮތުގައި ސިޓީ ކައުންސިލްގެވެސް ބައިވެރިވުމާއެކު، ދެފުއް ފެންނަ ގޮތެއްގައި ކަމަށް އޭނާ ބުނެއެވެ. އެގޮތުން ހުޅުމާލޭގެ ބިންތަކަށް ހަދާފައި އޮތް ގޮތް ސާފުވާނެ ވަރުގެ ބިމުގެ އޮޑިޓެއް ހިންގުމަށް ގޮވާލާކަމަށްވެސް ސައިފް ވިދާޅުވިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ދެން ތިބި ހުރިހާ މެންބަރުންނާއި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ސަސްޕެންޑް ކުރީ މިއަދުގެ ވަގުތެއްގައެވެ.

ޕީސީބީން މިއަދު ބުނި ގޮތުގައި އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގައި ތިބި އެންމެންވަނީ ސަސްޕެންޑް ކުރީ ފުލުހުން ބަލަމުންދާ ހުޅުމާލޭން ގޯތި ދިން މައްސަލައާ ގުޅިގެން ކަމަށެވެ. 

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށާފަ އެވެ. އުސޫލާ ހިލާފަށް ގޯތި ދިންކަން ހާމަވީ އެގޮތަށް ދޫކުރި ގޯތިތަކެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެޗްޑީސީން އެދުމުން، އެ މީހުންނަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ހޯދަން އެދުނު ބައެއް ނޫންކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެކަމާ ގުޅޭ ލިޔުންތައް ވަނީ އާންމުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް