
އާލިޔާ ކަޝްޔަޕާ
އާލިޔާ ކަޝްޔަޕާއި ޝޭން ގްރެގޯ ހަނީމޫނަށް ރާއްޖެ އައިސްފި
އިމާދު އަލީ
20 ޑިސެމްބަރ 2024 - 18:07:37
އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަނުރާގް ކަޝްޔަޕްގެ ދަރިފުޅު އާލިޔާ ކަޝްޔަޕާއި އޭނާގެ ފިރިމީހާ ޝޭން ގްރެގޯ ހަނިމޫނަށް ރާއްޖެ އައިސްފި އެވެ.
މި ދެ މީހުން ހަނިމޫނަށް ރާއްޖެ އައީ މުންބާއީގައި ބޭއްވި ޓްރެޑިޝަނަލް އިންޑިއަން ކައިވެންޏަށްފަހު އެވެ. އާލިޔާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހަނިމޫނުގެ ތަފާތު މަންޒަރުތައް ހިއްސާކޮށްފައި ވެއެވެ.
އާލިޔާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ދެ މީހުންގެ ހަނިމޫނުގައި ރާއްޖޭގެ މޫދާއި، ރީތި މަންޒަރުތަކާއި، ރޮމެންޓިކް ޑިނަރތައް ތަޖުރިބާކޮށްފައިވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރަށްޓެހިވެގެން އުޅުމަށްފަހު އާލިޔާ އާއި ޝޭން ކައިވެނިކުރީ ދާދި ފަހުން އެވެ. އާލިޔާ އަކީ އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަނުރާގް ކަޝްޔަޕްގެ ދަރިފުޅެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް