އިންޑިއާގެ ލެޖެންޑަރީ އެކްޓަ އަމިތާބް ބައްޗަން ބުނީ ކުޑަކުދިންނާއެކު ވަގުތު ހޭދަކުރުމަކީ އެންމެ އުފާވެރި ކަންތައްކަމަށެވެ. އެންމެ ރަނގަޅަށް ކަންކަން ކުރަން ބޭނުންވާ ކުޑަކުދިންގެ ސާފުކަމަކީ އެންމެ އުފާވެރި އެއް ކަންކަމަށްވެސް އޭނާ ބުންޏެވެ.
އަހަރީ ޖަލްސާގައި އަމިތާބްގެ އިތުރުން އޭނާގެ ދަރިފުޅު އަބިޝެކް ބައްޗަން އަދި އަބިޝެކްގެ އަންހެނުން އައިޝްވަރިޔާ ރާއީ ބައްޗަން ވެސް ބައިވެރިވިއެވެ. އެ ދެ މީހުން އެއްވެސް ވަރަކަށް ވަކިވެފައި ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން އަތުގައި އަތް ހިފައިގެން ހިނގާލި މަންޒަރުތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
އަހަރީ ޖަލްސާގައި ޝާރުކް ކާން އާއި ގައުރީ ކާން އަދި ކަރީނާ ކަޕޫ ކާން އާއި ސައިފް އަލީ ކާން ފަދަ ބޮލިވުޑްގެ ގިނަ ތަރިން ބައިވެރިވިއެވެ. އަދި އެ ތަރިންގެ ދަރިން ވެސް އެ ސްކޫލުގައި ކިޔަވައެވެ.