
މި ކޭމްޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެ އެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިން އޮފިސަރު އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)ގެ ކޮމާންޑިން އޮފިސަރ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫހެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ކޭމްޕްގައި ބައިވެރިވި 120 ކެޑޭޓުންގެ ތެރޭގައި 66 ފިރިހެން ކެޑޭޓުންނާއި 54 އަންހެން ކެޑޭޓުން ހިމެނެ އެވެ. މި ކޭމްޕް ކުރިއަށްދާނީ އަންނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެންސީސީން ބުނީ މި ކޭމްޕްގެ މަގުސަދަކީ ކެޑޭޓުންނަކީ މުޖުތަމައަށް ފައިދާ ހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ޒިންމާދާރު ރައްޔިތުންތަކެއް އުފެއްދުން ކަމަށެވެ.
މި ކޭމްޕްގައި ކިޔަވައިދެނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ. އަދި ކޭމްޕްގެ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ބަލަހައްޓަނީ ވެސް އެމްއެންޑީއެފުންނެވެ.
- 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވޭ
- ކޭމްޕުގައި 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނޭ
- ކޭމްޕް ނިމޭނީ ޖަނަވަރީ 1 ގައި
- އެމްއެންޑީއެފްގެ މުދައްރިބުން ކިޔަވައިދޭނެ