މި ބަދަލުތަކާ އެކު ބަހުގެ ރޫޓާއި ޝެޑިއުލް ވަނީ އިތުރަށް ފުރިހަމަ ކޮށްފަ އެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލުތައް ގެނެސްފައިވަނީ އެ ރަށުގައި ދެމުންގެންދާ ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އާ ޝެޑިއުލާ އެއްގޮތަށް ބަސް ދުއްވަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
އެމްޓީސީސީން އިތުރަށް ބުނީ އާ ޝެޑިއުލްގެ ތަފްސީލު އާރްޓީއެލް ވެބްސައިޓުން ބެލޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް ވެސް އެމްޓީސީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.