ads
ޕެނަމާ ކެނަލް
ޕެނަމާ ކެނަލް އަތުލަން ޖެހިދާނެ ކަމުގެ އިންޒާރެއް އެމެރިކާ ދީފި
ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަން ޖެހޭ ކަމަށް ވިދާޅުވެ އެ މަގު އަނބުރާ އެމެރިކާގެ ދަށަށް ގެންދަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
Advertisement

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ޕެނަމާ ކެނަލް މިހާރު ބޭނުންކުރަނީ ވަކި ބަޔަކަށް މަންފާވާ ގޮތަށެވެ.

ޕެނަމާގައި ސަރުކާރާ ހަވާލުވެ ތިބި ބައެއްގެ ސިއްރު އެޖެންޑާގައި އެމެރިކާއަށް ޖެއްސުން ކުރުމުގެ ރޫހު އޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިތަކާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން. ޕެނަމާއިން ނަގަމުން އަންނަ ފީތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ފީތަކެއް،" ޓްރަމްޕްގެ އަމިއްލަ ސޯޝަލް އެޕް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޕެނަމާ ކެނަލް ބިނާކުރުމުގައި އެމެރިކާއިން ވަރަށް ބޮޑު ހޭދައެއް ކުރި އެވެ. އަދި އެ މަސައްކަތުގައި އުޅެނިކޮށް އެމެރިކާގެ އެތައް ބަޔަކު މަރުވި ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް ދެއްވި އިންޒާރަށް ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ ރައްދު ދެއްވައިފަ އެވެ.  

ޕެނަމާގެ ރައީސް މުލީނޯ އާންމުކުރި ރެކޯޑް މެސެޖެއްގައި ވިދާޅުވީ ޕެނަމާގެ މިނިވަންކަމަކީ މަޝްވަރާ ނުކުރެވޭނެ ކަމެއް ކަމަށާއި ޕެނަމާކެނަލް ހިންގުމަށް ޗައިނާގެ ނުފޫޒެއް ނެތް ކަމަށެވެ. އަދި ޕެނަމާއިން ނަގާ ޕޭސޭޖް ރޭޓްތައް ވެސް ދިފާއު ކުރައްވައި ވިދާޅުވީ އެއީ އަވަސް އަރުވާލައިގެން ކަނޑައަޅާފައިވާ ރޭޓްތަކެއް ނޫން ކަމަށެވެ.

އެމެރިކާއިން 1914 ވަނަ އަހަރު ނިންމި ޕެނަމާ ކެނަލް އަލުން ޕެނަމާއާ ހަވާލުކުރީ ފޮނުވާލީ 1977 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖިމީ ކާޓާ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުންނެވެ.

ޕެނަ،މާއަށް އެތަނުގެ ކޮންޓްރޯލް ލިބުނީ 1999 ވަނަ އަހަރު އެވެ.

އަހަރަކު 14،000 ބޯޓު ހުރަސްކުރުމުގެ ފުރުސަތު ލިބޭ ޕެނަމާ ކެނަލް އަކީ ދުނިޔޭގެ ކަނޑުގެ ވިޔަފާރީގެ %2.5 ހިއްސާކުރާ އަދި އެމެރިކާއަށް ވަރަށް މުހިންމު މަގެކެވެ. 

އޭޝިއާ އިން ކޮންޓެއިނަރު ބޯޓުތަކުން ވިޔަފާރި މުދާ އެތެރެކުރުމާއި، އެމެރިކާއަށް ލިކުއިފައިޑް ނެޗުރަލް ގޭސް ހިމެނޭ ގޮތަށް އެކި ކަހަލަ މުދާ އެ މަގުން އެކްސްޕޯޓް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް