ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ، އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެހެން ހުރިހާ ބޯޑު މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑްކޮށްފަ އެވެ. އެއީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް 'ފުރިހަމަ' އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ނިންމި ނިންމުމެއް ކަމަށް އެ ބޯޑުން އޭރު ބުނެފައިވެ އެވެ.
ޕީސީބީގެ ރައީސް ހަމްދީ އަގީލް އެޗްޑީސީގެ ޗެއާމަނަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ސަސްޕެންޝަން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެ ސިޓީގައި އިތުރު ވާހަކައެއް ނެތެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ ހޮނިހިރު ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަޒުލް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރު ވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަންކޮށްފަ އެވެ.