ads
ހުޅުމާލޭ ފޭސްޓޫ ހިޔާ ފްލެޓް
ހިޔާ ފްލެޓަކުން ޑްރަގާއި ގިނަ އަދަދެއްގެ ފައިސާ ފެނިއްޖެ
ހުޅުމާލޭ ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނުނެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ގ. ސެމިޓޯންގެ އިބްރާހިމް ޝަރީފް (40)، ގދ. ކޮލަމާފުށީ އޯޝަންބްލޫގެ އަބްދުﷲ ހަސަން (41)، ހދ. ނޭކުރެންދޫ އިރުދޭމާގޭ ހުސައިން ރިޔާޒް (33)، އަދި ގއ. ދާންދޫ ވަލުތެރޭގޭ އަބްދުﷲ ޖަމީލް (32) ހިމެނެއެވެ.

ފުލުހުން ބުނީ މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

  • ހަތަރު މީހަކު ހައްޔަރުކުރި
  • ހައްޔަރުކުރީ ކޯޓު އަމުރަކާއެކު
  • މަސްތުވާތަކެތި ބަންދުކުރާ އާލާތްތަކާއި މޯބައިލް ފޯނުތައް އަތުލެވުނު
  • މައްސަލަ ތަހުގީގު ކުރަމުންދޭ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް