ދިވެހި ގައުމީ އަންހެން ފުޓްބޯޅަ ޓީމާ، އިންޑިޔާގެ އަންހެން ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗު ކުޅޭނީ ބެންގަލޫރުގައެވެ. އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އިއުލާނުކޮށްފައިވާ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗު ކުޅޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
މި ދެ މެޗަށް ދިވެހި ޓީމު މިއަދު ބެންގަލޫރަށް ފުރީ ކުޑަ ދުވަސްކޮޅަކު ތަމްރީން ހެދުމަށް ފަހުއެވެ. ދިވެހި ޓީމު ޕްރެކްޓިސް ކުރަނީ މުހައްމަދު ނިޒާމް – ނިޒާމްބެ އިރުޝާދުގެ ދަށުންނެވެ.
އިންޑީޔާ އޮތީ ދުނިޔޭގެ އަންހެން ފުޓްބޯޅައިގެ 69 ވަނައިގައެވެ. ރާއްޖެ އޮތީ 163 ވަނައިގައެވެ.