ads
ދިވެހި ސިފައިން ތަމްރީނެއްގައި ހަރަކާތް ތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް
ރަންނަމާރި ހަންޓް 2024 ނިންމާލައިފި
ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ އެކްސަސައިޒް "ރަންނަމާރި ހަންޓް 2024" ކާމިޔާބުކަމާއެކު ނިންމާލައިފި ކަަމަށް ސިފައިން ބުނެފިއެވެ.
Advertisement
އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގައި ބައިވެރިވި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާޙީމް ހިލްމީއެވެ.

މި މަހުގެ 8 އިން 22 އަށް ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި އެކްސަސައިޒްގައި، އެމްއެންޑީއެފް ހުރިހާ ކޯތަކެއް ހިމެނޭ ގޮތުން 39 ސިފައިން ބައިވެރިވެފައިވެއެވެ.
"އެމްއެންޑީއެފް ސަރވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ޖޮއިންޓްނެސް ވަރުގަދަ ކުރުމާއި އަދި ޖޮއިންޓް ޕްލޭނިންއަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ އެކްސަޒެއް،" ކަމަށް ސިފައިން ބުނެއެވެ.
.
މި އެކްސަސައިޒްގެ ބައިވެރީން ވަނީ، މިއަދު ކުރިއަށްދިޔަ ރަންނަމާރި ހަންޓްގެ ކަލްމިނޭޝަންގައި، ކަނޑައެޅިފައިވާ ސިނާރިއޯއަށް، ޖޮއިންޓް ޕްލޭނިންގ ޕްރޮސެސްގެ ބައިތައް ބޭނުންކޮށްގެން އޮޕަރޭޝަން އޯޑަރ ތައްޔާރުކޮށް، ކޮމާންޑަރަށް ހުށަހަޅައިދީފައެވެ.

މި އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާސްއާއި، އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުންނާއި، އެކްސަސައިޒްގެ އޮބްޒާވަރުން ބައިވެރިވެލެއްވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް