
2022 ވަނަ އަހަރު އެ ފަންޑް އުފެދުނު ފަހުން ބީއެމްއެލް ސްކޮލަޝިޕް ފަންޑުން ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ލީޑިން އިންސްޓިޓިއުޝަންތަކުގައި މިހާރު ކިޔަވަމުންދާ ދިވެހި 6 ދަރިވަރަކަށް އެހީތެރިވެދީފަ އެވެ.
ބީއެމްއެލް ސްކޮލާޝިޕް ފަންޑު، މިއަހަރު ލިބުނު ދަރުވަރުންނަކީ :
- ރީޝަމް މުހައްމަދު
- ނޫރްހާޏް މުހައްމަދު މޫސާ
- އައިޝަތު ޝާރާ ނަސީރު
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ބީއެމްއެލްއިން ގަބޫލުކުރަނީ ދިވެހި ގައުމުގެ މުސްތަގްބަލް ބައްޓަންކުރާނެ ޒުވާން ހުނަރުވެރި ފަރުދުންގެ އުންމީދުތަކަށް އިންވެސްޓްކުރުން ކަމުގައި ކަން ސީއީއޯ ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ ދުނިޔޭގެ ގަދަ 200 ޔުނިވާސިޓީން ބޭންކިން އަދި ފައިނޭންސްއާ ގުޅުން ހުރި ދާއިރާތަކުން އަންޑަގްރެޖުއޭޓް ޑިގްރީ ހާސިލް ކުރުމުގެ ފުރުސަތު ފުރިހަމައަށް ފައިސާ ލިބޭ މެރިޓް ބެސްޓް ޕްރޮގްރާމެކެވެ.
މި ސްކޮލަޝިޕަކީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާގެ ތެރޭގައި ހުނަރު އާލާކުރުމާއި ކެޕޭސިޓީ ބިނާކުރުމަށް ބީއެމްއެލް އިން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައިވާ ސްކޮލަޝިޕެއް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ބީއެމްއެލް ސްކޮލަޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު ހަ ކުއްޖަކު ދަނީ ކިޔަވަމުންނެވެ. މިއީ މި ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ދިން ތިން ވަނަ އަހަރެވެ.