މި ގޮތުން ލީބިޔާގެ ޕްރެޒިޑެންޝަލް ކައުންސިލުގެ ރައީސް މުހައްމަދު ޔޫނުސް އަލް މަންފީ އަދި އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑު މިނިސްޓަރު އަބްދުލްހާމިދު މުހައްމަދު އަލް ދަބީބާއަށް ވަކިވަކިން މެސެޖު ފޮނުއްވާފައިވެއެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އަދި އަމިއްލަފުޅު ނަމުގައި ލީބިޔާގެ އިސްވެރިންނާއި ރައްޔިތުންނަށް އުހުއްވަތްތެރިކަމާއެކު ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
ލީބިޔާގެ މިނިވަން ދުވަސް ފާހަގަކުރަނީ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި ލީބިޔާއާ ދެމެދު ގުޅުން ގާއިމުކުރެވުނީ 1975 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައެވެ. މިހާރު ދެ ގައުމުގެ ގުޅުމަށް 47 އަހަރު ވެފައިވާއިރު، ދެ ގައުމު ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިވަމުން އަންނަކަން ފާހަގަކުރެވެއެވެ.