ads
އުރީދޫ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔަކާ ސައިކަލެއް ހަވާލު ކުރުން -- ފޮޓޯ: އުރީދޫ
އުރީދޫ ސައިކަލު ލިބޭ ޕްރޮމޯޝަން 31 ޑިސެމްބަރު، ގެ ނިޔަލަށް
އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަން ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވާފައިވާއިރު އިތުރު ފަސް ސައިކަލު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އަދިވެސް އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

އުރީދޫއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން މިހާތަނަށް 25 ނަސީބުވެރިން ހޮވާފައި ވާއިރު، އަދި އިތުރު ފަސް ނަސީބުވެރިން ހޮވަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަން ގެ އެންމެ އަގު ހުރި އިނާމް 2024 ރެބެލް300 ހިމެނޭ ގޮތަށް ކާމިޔާބު ކުރަން ބާކީ 5 ސައިކަލު އޮތް އިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ އެވެ.

ސައިކަލު ލިބޭ ޕްރޮމޯޝަންގެ ދަށުން ލިބިދާނެ ސައިކަލުތައް:

   • 2 އެއާބްލޭޑް 160 – ސްޓޭންޑަރޑް އެޑިޝަން

   • 1 އެއާބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން

   • ޑިސެމްބަރު މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160

   • އެންމެ އަގު ހުރި އިނާމު - ރެބެލް 300 (2024)

މިދިޔަ ސެޕްޓެމްބަރު 23، ގައި އުރީދޫއިން ފެށި ޕްރޮމޯޝަންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަންނަނީ ސައިކަލެއް ދޫ ކުރަމުންނެވެ. އެ ޕްރޮމޯޝަން ނިމޭއިރު ޖުމްލަ 30 ސައިކަލު ނަސީބުވެރިންނަށް ދޭނެ އެވެ.

your imageއުރީދޫ ސައިކަލު ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔަކާ ސައިކަލެއް ހަވާލު ކުރުން -- ފޮޓޯ: އުރީދޫ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް

  • އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބައްލަވައިގަނެފައިވުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން މި ޕްރޮމޯޝަން އަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ ވަޒަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް