ads
ކިއާރާ ވަރުން އަދި އާލިއާ ބަޓް
ވަރުން އާއި އާލިއާ އަދި ކިއާރާ ނުހަމަ ގުޅުންތަކެއް ބޭވިކަމުގެ ތުހުމަތު
އިންޑިއާގެ މަޝްހޫރު އެކްޓަރު ވަރުން ދަވާން، އޭނާގެ އަންހެން އެކްޓަރުންކަމުގައިވާ އާލިއާ ބަޓް އަދި ކިއާރާ އަދްވާނީއާއެކު ނުރަނގަޅު ގޮތެއްގައި ގުޅުން ބޭއްވިކަމަށް ކަމަށް ކުރެވުނު ތުހުމަތުތަކަށް ޖަވާބުދީފިއެވެ.
Advertisement

"ބޭބީ ޖޯން" ފިލްމުގެ ޕްރޮމޯޝަންގެ ތެރޭގައި ޝުބާންކަރު މިޝްރާއާއެކު ކުރި އިންޓަވިއުއެއްގައި ވަރުން ބުނީ، ކިއާރާ އަދްވާނީގެ ކޯތާފަތުގައި ބޮސްދިން ވީޑިއޯއަކީ ޕްލޭން ކުރެވިގެން ނެގުނު އެއްޗެއް ކަމަށެވެ. އަދި ކިއާރާއާއެކު ޕޫލްގައި މަޖާކޮށްލި ވީޑިއޯއަކީވެސް ހަމައެކަނި މަޖާއަށް ކުރި ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އާލިއާ ބަޓްގެ ބަނޑުގައި އަތްލި ވީޑިއޯއާ ގުޅޭ ގޮތުން ވަރުން ބުނީ އެއީ ފްލާޓް ކުރުމުގެ ބަދަލުގައި ހަމައެކަނި މަޖާއަށް ކުރި ކަމެއް ކަމަށެވެ. އަދި އަންހެން ތަރިންނާއެކު މަޖާކޮށްލާ ފަދައިން ފިރިހެން ތަރިންނާއެކު ވެސް މަޖާކޮށްލާ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް މީހަކު ވާހަކަ ނުދައްކާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

އެޓްލީ ލިޔެ، ޕްރޮޑިއުސްކޮށްފައިވާ "ބޭބީ ޖޯން" ފިލްމު ޑިސެމްބަރު 25 ގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުގައި ކީރުތީ ސުރެޝް އަދި ވަމިގާ ގަބީވެސް މުހިންމު ރޯލުތަކެއް އަދާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް