
ފޮޓޯ: މޯލްޑިވިއަން ކްރައިސިސް
އެއާޕޯޓު ތެރޭ ހަމަނުޖެހުމެއް، ފުލުހުން ހަރަކާތްތެރިވަނީ
އައިޝަތު ރަޝާ
25 ޑިސެމްބަރ 2024 - 17:13:47
ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭ ހަމަނުޖެހުމެއް ހިންގުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި މައްސަލާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:15 ހާއިރު ކަމަށް އެފަރާތުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯތަކުގައި 2 މީހަކު ތަޅާފޮޅާތަން ފެނެއެވެ. އަދި އެ 2 މީހުން ހުއްޓުވުމަށް އެހެންމީހަކު މަސައްކަތްކުރާއިރު އެތާންގައި އެއާޕޯޓް ސެކިއުރިޓީ އަދި ފުލުހެއް ހަރަކާތެރިވާތަން ފެނެއެވެ.
ބައެއް ފަރާތްތަކުން ރިޕޯޓްކޮށް ބުނަނީ ހަމަނުޖެހުން ހިންގީ 2 ލަންކާ ރައްޔިތުން ކަަމަށެވެ. އަދި އެމީހުން ހުރީ މަސްތުގެ ހާލަތުގައިކަމަށްވެސް ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް