
މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވި ހިތޯބުގައި މިކަން ހާމަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އޭލަވަލްއަށް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ފަހިކޮށްދިނުމަށްޓަކައި، ނިމިގެން ދިޔަ ދިރާސީ އަހަރުގެ ތެރޭގައި، އޭ-ލެވެލް އެކްސްޕޭންޝަންގެ ޕައިލޮޓް ޕްރޮގްރާމެއް ފެށިފައިވެ އެވެ. މި ޕައިލެޓް ޕްރޮގްރާމް އަތޮޅު ތެރޭގެ 23 ސްކޫލެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި ޕްރޮގްރާމް މި އަހަރު އިތުރަށް ފުޅާކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ މަތީ ސާނަވީއަށް ދަރިވަރުން އިތުރުވެގެންދިޔުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ބާރަކަށްވެގެންދާނެ ކަމަށެވެ. މިގޮތުން ސަރުކާރު ސްކޫލްތަކުގެ މަތީ ސާނަވީއަށް ކިޔަވަން އަލަށްވަން ދަރިވަރުންގެ އަދަދު 77 ޕަސެންޓް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.