ads
ރައްޔިތުންގެ މަޖިލީގު ރައީސް އަބްދުއްރަހީމް
ގައްޒާގެ ރައްޔިތުން އުފުލަމުންދާ ކެކުޅުންތަކާމެދު އިންތިހާއަށް ކަންބޮޑުވޭ: މަޖިލިސް ރައީސް
ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން އެތަނުގެ ރައްޔިތުން އުފުލަމުންދާ ކެކުޅުންތަކާމެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ ވިދާޅުވެއްޖެއެވެ.
Advertisement

އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ އިންޓާ ޕާލިމެންޓަރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ގައްޒާގައި ހިންގަމުންދާ ނަސްލުހޭދު ކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް މެންބަރުންގެ ހައިސިއްޔަތުން ގައްޒާގައި ހިންގާ ނަސްލުހޭދު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަންޖެހޭ ކަމަށާއި ސިޔާސީ ނިޔަތް އިސްކުރަންޖެހޭ ކަމަށެވެ.

"ހަމައެކަނި އަނގައިން ބަސްތަކެއް ބޭރު ކުރުމުގެ ބަދަލުގައި އިންސާފާއި ހަމަހަމަކަމާއި ދެމެހެއްޓެނެވި ސިޔާސަތަށް މަގު ކޮށާން އަމަލީ މަސައްކަތް ކުރާން ޖެހޭ" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް މިފަދަ ވާހަކަފުޅުތަކެއް ދައްކަވާފައިވަނީ އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް މީހުންނަށް އެތެރެ ނުވެވޭ ގޮތަށް، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮންނަތާ އަހަރެއް ވާން ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. 

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ދިވެހި ސަރުކާރުން ވެސް މިދިޔަ އަހަރުގެ ޖޫން 2 ގައި ނިންމި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތީ ކޮމިޓީގައި މަޑުޖައްސާލާފައެވެ. އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ލަސްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ބޭރުކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް