ads
މިނިސްޓަރު ހަލީލް
ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރެއްގައި މޯލްޓާއަށް
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި މިއަދު މޯލްޓާއަށް ވަޑައިގެންފިއެވެ.
Advertisement

ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުގައި މިނިސްޓަރު ހަލީލް، މޯލްޓާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު އިއަން ބޯގްއާ ބައްދަލުކުރައްވާ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުގައި މޯލްޓާގެ ކެބިނެޓުގެ އެހެން ބައެއް މިނިސްޓަރުންނާވެސް ބައްދަލުކުރައްވާ، ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި މަޝްވަރާތަކުގައި ދެމެހެއްޓެނިވި ޓޫރިޒަމާއި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ވިޔަފާރިއާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ކަންކަން ހިމެނޭ ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

ފޮރިން މިނިސްޓަރު ހަލީލްގެ އަރިހުގައި މި ދަތުރުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރެއް ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް