ads
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އިއްޔެ ގަސް އިންދުން
ފަސް މިލިޔަން ގަސް ޕްރޮގުރާމް: މޯލްޑިވިއަން އިން ހުޅުމާލެ 2 ގައި ގަސް އިންދައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގައި ބައިވެރިވުމުގެ ގޮތުން ހުޅުމާލެ 2 ގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އިއްޔެ ގަސް އިންދައިފި އެވެ.
Advertisement

އެ ހަރަކާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމާއި އެ އެއާލައިންގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދައުރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަގުރީރުގަ އެވެ. މި ޕްރޮގުރާމް ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަސްކަމަގައިވާ ޖޫން މަހުގެ 5ވަނަ ދުވަހު އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.

ގަސް އިންދުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ، އެއީ ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި އަބަދުވެސް އެއްބާރުލުން ދޭނެ ކުންފުންޏެއް ކަމަށެވެ. 

އެ ކުންފުނިން މިހާރު ވެސް ތިމާވެއްޓާ ރައްޓެހި އެކި ކަންތައްތައް ކުރަމުން އަންނަ ކަމަށާއި ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް