ads
ސުނާމީ ކާރިސާގެ ހަނދާނުގައި ބާއްވާ މައުރަޒުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސުން
"ވިލުންތެރި ވިހި – ރެސިލިއަންޓް ވިހި" މައުރަޒުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ
މީގެ 20 އަހަރު ކުރިން، 26 ޑިސެމްބަރު 2004ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނުގައި ބާއްވާ މައުރަޒު "ވިލުންތެރި ވިހި – ރެސިލިއަންޓް ވިހި"ގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
Advertisement

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ ހަތަރު ދުވަހުގެ އެ މައުރަޒު މިއަދު ގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްދާނެ އެވެ.

އުރީދޫން ބުނި ގޮތުގައި، މި މައުރަޒުން ދައްކުވައިދެނީ ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ހިތްދަތިކަމާއި ސަލާމަތްވި މީހުންގެ ކެތްތެރިކަމާއި މުޅި ގައުމަށް ގެނުވި އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްވަރު ކަމަށެވެ.

2004ގައި އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓަރު މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ރާޅުތައް 14 ގައުމަށް އަރާ 230،000 މީހުންގެ ފުރާނަ ގެއްލިގެންދިޔައެވެ. އެ ހާދިސާގެ އަސަރު ރާއްޖޭގެ ގިނަ ރަށްތަކަކަށްވެސް ކުރިއެވެ.

ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީވެސް ދިވެހިރާއްޖެ އެވެ. 82 މީހުން މަރުވެ، 26 މީހުން ގެއްލުނު މި ހާދިސާގައި 1313 މީހަކަށް ބޮޑެތި އަނިޔާތައް ލިބުނެވެ. 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. 191 ރަށަކަށް ސުނާމީ އަސަރު އެކި މިންވަރަށް ކުރިއެވެ. އަދި ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތައް ވެ، ބައެއް ރަށްރަށުން މީހުން ފައިބާފައި ވެސް ވެ އެވެ. 

އުރީދޫއިން ބުނީ އެ މައުރަޒުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ ރާއްޖެއަށް ދިމާވާ ކާރިސާތަކުގައި އެންމެ ކުރީސަފުގައި ނިކުންނަ އެއް ކުންފުންޏެއްގެ ހައިސިއްޔަތުން ކަމަށެވެ.

އޫރީދޫއިން ވަނީ ކާރިސާތަކަށް އިޖާބަދިނުމާއި ދުރާލާ ތައްޔާރުވުމުގައި ނަމޫނާ ދައްކުވައިދީ، ގައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އުރީދޫން ކާރިސާތަކުގައި ވެފައިވާ އެހީ:

  • 2014ގައި ދިމާވި ފެނުގެ ހާދިސާ

  • ކުއްލި ނުރައްކަލުގެ ޓެލެކޮމިއުނިކެޝަން އެހީ

  • ހިލޭ އެސްއެމްއެސް އެލާޓްތަކާއި އިންޓަނެޓް ހިދުމަތް

  • ކޮވިޑުގައި ދިން އެހީތެރިކަން

  • ކޮވިޑްގައި 2.5 މިލިއަންގެ އެހީ

  • ކޮވިޑްގައި ހޭލުންތެރިކުރުވުމުގެ މައުލޫމާތު

  • އޮންލައިންކޮށް ކިޔެވުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ދިން ޑިޖިޓަލް ހިދުމަތް

  • ދިވެހި ސަރުކާރަށް ތިން ސީ-އެމްބިއުލަންސް ހަދިޔާކުރުން

  • އެއާ-އެމްބިއުލަންސްގެ ތަކެއްޗަށް 16 މިލިއަން ރުފިޔާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް