ބެންގަލޫރުގައި ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅެން އިންޑިއާ އިން ނެގި ސްކޮޑުގައި އެ ޓީމުގެ އާ ކޯޗު ސްވިޑެންގެ ޖޮއަކިމް އަލެކްސަންޑަސަންވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފައެވެ. ރާއްޖެއާ އިންޑިޔާ މާދަމާ ކުޅޭ މެޗަކީ، މި އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ފަހު، އިންޑިއާ އާއި ރާއްޖޭން ކުޅޭނެ ފުރަތަމަ މެޗުތަކެވެ.
ދުނިޔޭގެ އަންހެން ފުޓްބޯޅައިގެ ރޭންކިންގައި އިންޑިޔާ އޮތީ 69 ވަނައިގައެވެ. ރާއްޖެ އޮތީ 163 ވަނައިގައެވެ. ބެންގަލޫރުގައި ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު މާދަމާ ކުޅޭއިރު ދެ ވަނަ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.