ads
މުދާ ކްލިއާ ކުރުމުގައި އެންމެ އިސްކަމެއް ދޭނީ ކާބޯތަކެއްޗާއި ބޭހަށް: އެމްޕީއެލް
މުދާ ކްލިއާ ކުރުމުގައި އެންމެ އިސްކަމެއް ދޭނީ ކާބޯތަކެއްޗާއި ބޭހަށް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ މިދަނޑިވަޅުގައި މުދާ ކްލިއާ ކުރުމުގައި އެ ކުންފުނިން މަސައްކަތް ކުރާއިރު ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ އެންމެ އަވަސް ގޮތުގައު ކްލިއާ ކޮށް ނެރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. 

ލޮކްޑައުން ކުރި އިރު ގުދަނުގައި ވަރަށް ބައިވަރި ޕެރިޝަބަލް މުދާ ހުރިކަމަށާއި ހާއްސަ ހުއްދައެއްގެ ދަށުން އެ ތަކެތި މިހާރު ނެރިފައިވާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. މިއަދު ވެސް ޕެރިޝަބަލް މުދާ ހިފައިގެން ބޯޓެއް އައިކަން ފާހަގަކޮށް އެކުންފުނިން ވަނީ މިތަކެތި މާދަމާއަށް ކްލިއާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. 

އެމްޕީއެލް އިން ވަނީ މިހާރުވެސް ގިނަ އަދަދެއްގެ މުދާ ރާއްޖެ އަށް އަންނަކަމަށް ބުނެފައެވެ. 

އެކުންފުނިން މިހާރު މަސައްކަތް ކުރަމުން އަންނަ ގަޑިތަކަށް ބަދަލު އައިސްފައިވާއިރު، ވީހާވެސް މަދު ސްޓާފުންނާއި އެކު މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަނީ މުވައްޒަފުންގެ ސަލާމަތަށް ވިސްނައިގެން ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް