އެމްޓީސީސީން މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިވިޝަންގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.
އެމްޓީސީސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މި މަގުސަދު ހާސިލުކުރުމަށް ޖުމުލަ 56 ފެރީ ބޭނުންވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ.
އާރްޓީއެލްގެ ހިދުމަތަށް ބޭނުންވާ އުޅަނދުތަކުގެ އަގަށް ބަލާއިރު، މިހާރު ބޭނުންކުރަމުންދާ އުޅަނދުތަކުގެ އަގަށް ބަލައި، އިތުރަށް ބޭނުންވާ 56 ފެރީގެ އަގު 508 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްޓީސީސީން ވަނީ އަންދާޒާކޮށްފައެވެ.