އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ދެ ލަނޑު ސުން ލަނޑުން ބަލިކުރި މެޗަކީ އިޕްސްވިޗު ޓައުން އިން 22 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި މޮޅުވި މެޗެވެ.
އިޕްސްވިޗް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އަދިވެސް އެ ޓީމު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ޗެލްސީ އޮތީ 19 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ.